Post banner
ރާއްޖެ

ފްލެޓާއި ގޯއްޗަށް އެދި ހުށައެޅި މީހުންގެ އަދަދު ބައިލައްކައަށް ވުރެ މަތިވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފްލެޓާއި ގޯއްޗަށް އެދި ހުށައެޅި މީހުންގެ އަދަދު ބައިލައްކައަށް ވުރެ މަތިވެއްޖެ

ހުޅުމާލެ ފޭސް -2 -- ފޮޓޯ: ރައްޔިތުންގެ ނޫސް

މި ސަރުކާރުން އިއުލާންކުރި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައިލައްކައަށް ވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާ ކަމުގައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓްއިން ހާމަކުރައްވައިފިއެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް އެދި ހުށައެޅުމުގެ މުއްދަތު ހަމަވީ ޖޫން 16 ވަނަ ދުވަހުގެ 2:00އަށެވެ. ހައުސިންގ މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މުއްދަތު ހަމަވި އިރު ޖުމުލަ 58505 މީހުން ފޯމް ހުށައަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ފްލެޓަށް އެދި ހުށައެޅި 35،930 ފަރާތާއި، ގޯއްޗަށް އެދި ހުށައަޅާފައިވާ، 22،575 މީހުންނެވެ.

ބޯހިޔާވަހިކަން އެންމެނަށް ޕްރޮގްރާމްގެ ދަށުން ދެ ސްކީމެއް ކުރިޔަށް ގެންދިޔައެވެ. އެއީ އާއިލީ ބޯހިޔާވަހިކަމުގެ ސްކީމާއި ގޯތިގެދޮރު ސްކީމެވެ. އޭގެ ތެރެއިން އެންމެ ގިނަ އެޕްލިކޭޝަން ހުށައަޅާފައި ވަނީ، އާއިލީ ބޯހިޔާވަހިކަމުގެ ސްކީމަށެވެ. އެސްކީމަށް 45،644 މީހުން ފޯމްލާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ފްލެޓަށް އެދި ހުށައެޅި 35،818 މީހުންނާއި، ގޯއްޗަށް އެދި ހުށައެޅި 9،826 މީހުންނެވެ.

ގޯތި ގެދޮރު ސްކީމަށްވެސް ޖުމުލަ 12،861 މީހުން ހުށައަޅާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ، ބިމަށް އެދި ހުށައަޅާފައިވާ 12،749 މީހުންނެވެ. މި ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށައަޅާފައި ވަނީ އެންމެ 112 މީހުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް