ތަރައްޤީގައި ރައްޔިތުންގެ ހިއްސާ އޮންނާނެ ގޮތަކަށް ވޯޓު ދެއްވުމަށް ފައިސަލް ގޮވާލައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ
ފުރުސަތުގެ ބޭނުން ހިފައި، ވިސްނުންތެރި ކަމާ އެކު ކައުންސިލް އިންތިޚާބުގައި ބައިވެރިވެ، ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެ، އަދި ރައްޔިތުންގެ ބަސް އިއްވުމާއި ތަރައްޤީގައި ރައްޔިތުންގެ ހިއްސާ އޮންނާނެ ގޮތަކަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިކަމަށް ގޮވާލެއްވީ، ކުޑަހުވަދޫގެ އެމްޑީޕީގެ މެމްބަރުންނާ އެކު ރޭ އެރަށުގައި ބޭއްވި ޖަލްސާއަށް ފަހުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައެވެ.
ފައިސަލް ވިދާޅުވީ، ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތަކީ ދިވެހީންގެ އެތައް ބަޔަކު ވީ ވަރަަށް ބޮޑު ޤުރުބާނީއެއް ކަމަށާއި، އެކަން ކާމިޔާބު ކުރެވުނީ ހަތަރު އަހަރު ވަންދެން މެދު ކެނޑުމެއް ނެތި އެކި ފަރާތްތަކުން ކުރި މިންނެތް މަސައްކަތުގެ ސަބަބުން. ކަމަށެވެ. އަދި އެ ޤާނޫނު އަސާސީ އިން އަޅުގަނޑުމެން ކަށަވަރު ކުރި، އަދި މިއަދު މި މުޖުތަމައުން މި ފެންނަ ހައްގުތަކާއި މިނިވަންކަން، ޚާއްސަކޮށް ޒުވާނުން ވޯޓު ދިނުމުގެ ހައްގަކީ އެންމެ މުހިންމު އެއް ކަންތައް ކަމުގައި ފައިސަލް ފާހަގަކުރެއްވިއެވެ. ފައިޞަލް ވިދާޅުވީ، މިއަދު އެ ހައްގު ތަކާއި އަސާސް ތަކަށް ބަދަލު ގެންނަމުން ދާއިރު، އަޅުގަނޑުމެން އެކަމާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
ފައިސަލް ވިދާޅުވީ، ކުޑަހުވަދޫ އަދި މުޅި ދ.އަތޮޅުން ވެސް އެމްޑީޕީގެ ކެންޑުޑޭޓުންނަށް ފުރުޞަތުދޭނެ ކަމުގެ އުންމީދު އެބަ އޮތްކަމަށެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާއިރު، އެމްޑީޕީންވެސް އަންނަނީ އެޕާޓީގެ ކެންޑިޑޭޓުން ޕްރޮމޯޓްކޮށް ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް