Post banner
ރާއްޖެ

ހައްޖުކޯޕަރޭޝަންގެ އެމްޑީ ޝަކީލް އިލެކްޝަންސް ކޮމިޝަނަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހައްޖުކޯޕަރޭޝަންގެ އެމްޑީ ޝަކީލް އިލެކްޝަންސް ކޮމިޝަނަށް

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަކީލް ---

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމުގައި މިހާރު ހުންނެވި، މުޙައްމަދު ޝަކީލު، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމަށްޓަކައި، އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގައި، މަޖިލީހުގެ އިދާރީ މޭޒުންވަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ސިޓީފުޅު އިއްވަވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ބޭފުޅަކު ޢައްޔަނު ކުރެއްވުމަށް މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައި މިވަނީ، އެކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު މަޤާމުން ހުސްވި މެއިމަހުގެ 1 ވަނަ ދުވަހު ކޮމިޝަންގެ ރައީސްގެ މަޤާމާއި މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މުޙައްމަދު ޝަކީލު އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމު ފުރުއްވާފައި ވަނީ، ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި، 03 ޑިސެމްބަރު 2014އިން 09 މެއި 2018އަށެވެ.

ޝަކީލުގެ އިތުރުން އެމަޤާމަށް ކުރިމަތި ލެއްވި އެހެން ބޭފުޅުންގެ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެހެންނަމަވެސް އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ، ޝަކީލު އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ޢައްޔަނުކޮށްދެއްވުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް