ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސްރޭސް އަންނަ ހުކުރުގައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ފަރުމަސް ބޭނުމުގެ މުބާރާތުގައި ބައިވެރިވާ ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހާމަކުރައްވާފައިވާ ގޮތުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް އޮންނާނީ، މިއަންނަ ހުކުރު ދުވަހުގައެވެ.
އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މާލެސިޓީއިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 (ވިހި) ޓީމަކަށެވެ.. ފަރުމަސްވެރިކަމުގެ މުބާރާތާގުޅޭ އާއްމު ގަވާއިދު މި އަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް މުބާރާތުގައި ބައިވެރިވުމުގެ ފޯމް (https://tinyurl.com/4xe7p9jv) ފުރިހަމަ ކުރެއްވުމަށް ފަހު 17 ޖޫން 2026 ގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށައަޅަން ޖެހޭނެ ކަމުގައިވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ 3339225 / 3339272 އާ ގުޅުއްވައިގެން އެމައުލޫމާތެއް ސާފުކުރެއްވުމަށްވެސް އެމިނިސްޓްރީންވަނީ އެދިވަޑައިގެންފައެވެ.
މިމުބާރާތަށް 80000ރ ގެ ފައިސާގެ އިނާމު ހުށައަޅާފައި ވެއެވެ. މިގޮތުން އެއްވަނައަށްދާ ޓީމަކަށް 30000ރ އަދި ދެވަނައަށްދާ ޓީމަށް 25000ރ އަދި 3 ވަނައަށްދާ ޓީމަށް 20000ރ ހުށައަޅާފައިވާއިރު އެންމެ ބަރުމަސް ބާނާ ޓީމަކަށް 5000ރގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް