Post banner
ލުއި ޚަބަރު

މާފުށީ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާފުށީ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފި

މާފުށީ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބުލިޔު އެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ކ. މާފުށީގައި އަލަށް ހިއްކި ސަރަހައްދާއި އެކު އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައި ވަނީ، އެމްޑަބުލިޔުއެސްސީއަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، އެމަސައްކަތަށް 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. އެމްޑަބުލިޔު އެސްސީއާ އާއި ހަވާލުކުރި މަސައްކަތް ތެރޭގައި ހިމެނެނީ، މާފުށީގައި މިހާރު އަޅާފައި އޮތް ނަރުދަމާގެ ނިޒާމް އަޕްގްރޭޑް ކުރުމާއި އަލަށް ހިއްކާފައިވާ ސަރަހައްދުގައި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމާއި، ބޯފެން އުފެއްދުމަށް އާރްއޯ ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތެވެ. އެމަސައްކަތް ނިންމުމަށް ދީފައި ވަނީ 18 މަސް ދުވަހުގެ މުއްދަތެވެ.

ކޮންސްޓްރަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ގޮތުން ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ 2 އާރްއޯ ޕްލާންޓް ބަހައްޓައި، 3500 ލީޓަރުގެ ފެން ރައްކާކުރެވޭ ދެ ފެންތާނގީވެސް ބަހައްޓާނެވެ.

މާފުއްޓަކީ، ރާއްޖޭގައި ލޯކަލްޓޫރިޒަމް އެންމެ ފުޅާކޮށް ހިންގަމުން އަންނަ ރަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް