"ކްއީން އޭން" ފުރަތަމަ ފަހަރަށް ރާއްޖެ އައިސްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކްރޫޒް ޝިޕް "ކްއީން އޭން" --- ފޮޓޯ؛ އެމްޕީއެލް
އިނިގރޭސި ވިލާތަށް ނިސްބައިވާ ކްރޫޒް ޝިޕް " ކްއީން އޭން" މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މިއީ އިނގިރޭސިވިލާތުގެ ކިއުނާޑް ލައިން ކުންފުނިން ދުއްވާ މި ކްރޫޒްޝިޕް ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ. މިބޯޓު ރާއްޖެއަށް އައިސްފައި ވަނީ، ސީޝެލްސްއިންނެވެ. ދެން މި ބޯޓު ދިޔުމަށް ހަމަޖެހިފައި ވަނީ ސްރީލަންކާއަށެވެ.[
މި ކްރޫޒްލައިނާ މިއަދު މާލެއަށް ބަނދަރުުކުރުމަށް ފަހު، އެއަުޅަނދުގެ ފުރަތަމަ ދަތުރު ފާހަގަކުރުމަށް ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކާއި އެކު އެ ކްރީޒް ޝިޕްގައި ވަނީ ޚާއްޞަ ހަފްލާއެއް ބާއްވާފައެވެ. " ކްއީން އޭން"އަށް އިމިގްރޭޝަނާއި، އެމްޕީއެލްއިން ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.
މިކްރޫޒް ޝިޕްއިން ރާއްޖެއަށް 2669 ފަތުރުވެރިން އައި އިރު، އޭގެ ތެރެއިން ބައެއް ފަތުރުވެރިން މިއަދު ވަނީ، މާލެއަށް ފައިބާފައެވެ.
މިކްރޫޒް ޝިޕްވެސް ރާއްޖެއަށް ގެނެސްފައި ވަނީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިންނެވެ. އެޖަމިއްޔާ މެދުވެރިވެގެން ރާއްޖެއަށް ކްރޫޒް ޝިޕްތައް ގެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް