Post banner
ރަށްރަށުން

މާޅޮސް ބަލިކޮށް، ގޮއިދޫ ސެމީއަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާޅޮސް ބަލިކޮށް، ގޮއިދޫ ސެމީއަށް

މާޅޮހާއޮ ގޮއިދޫ ބައްދަލުކުރި މެޗުގެ ތެރެއިން ---

ވަރުގަދަ މާޅޮސް 0-3 އިން ބަލިކޮށް ގޮއިދޫ އިން އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ގުރޫޕް އޭއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އޭދަފުށީ ދަނޑުގައި ކުރިޔަށް ދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމަށް ވެސް ގޯލްޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

ފޯރިގަދަ ކުޅުމަކަށްފަހު މެޗްގެ ފުރަތަމަ ގޯލް މެޗުގެ 18 ވަނަ މިނެޓްގައި ޖަހައިދިނީ ގޮއިދޫ ޓީމްގެ ޖަރޒީ ނަމްބަރ 11 އުބައިދާ ޚާދިމްއެވެ.ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-1 އިން ގޮއިދޫ ކުރީގައިއޮވެގެންނެވެ. މެޗްގައި މާޅޮސް ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް ގޯލާއި އަމާޒު ކުރި އިރު ވަރަށް ހުޝިޔާރު ކަމާއިއެކު ގޮއިދޫގެ ގޯލްކީޕަރ ކިތުނާ ވަނީ ދިފާއުކޮށްފައެވެ.

މީގެ އިތުރުން މާޅޮސް ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރާމިސްގެ ބާރު ހަމަލާއެއް ގޯލް ޕޯސްޓާއި ވެސް އަމާޒުވިއެވެ.

ދެވަނަ ހާފްގައި މެޗުގެ 32 ވަނަ މިނެޓްގައި ގޮއިދޫ ޓީމްގެ ޖަރޒީ ނަމްބަރ 10 ހަސަން ޝާމް (ހަސްކާ)ދެކުޅުންތެރިން ބީޓްކޮށްފަ އިތުރު ގޯލެއް ކާމިޔާބުކޮށްދީ ލީޑް ފުޅާކޮށްދިނެވެ.

އޭގެ 2 މިނެޓް ފަހުން އަނެއްކާ ވެސް ގޮއިދޫ ޓީމުން އެޓީމުގެ 3 ވަނަ ގޯލް ކާމިޔާބުކުރިއެވެ.މިގޯލް ޖަހައިދިނީ ޖަރޒީ ނަމްބަރ 16 މުޙައްމަދު ޝުއާއުއެވެ.

މެޗުގައި މާލޮސް ޓީމުގެ ގޯލްކީޕަރ ސާފީ ހަސަންގެ ރަނގަޅު ސޭވްތަކެއް ފެނިގެންދިޔައެވެ. މާޅޮސް ޓީމަށް ރަތްކާޑެއް އަދި ދެޓީމަށް ވެސް ގިނަ ރީނދޫ ކާޑުތަކެއް ފެނިގެންދިޔަ ވާދަވެރި ކުޅުމެއް ދެޓީމުން ވެސް ފެނިގެން ދިޔައެވެ.

ދެ ޓީމުގެ ސަޕޯޓަރުންގެ ފޯރިގަދަ ސަޕޯޓެއް ފެނިގެން ދިޔަ މިމެޗް ނިމިގެން ދިިޔައީ 0-3 ގެ ނަތީޖާއަކުން ގޮއިދޫ ކާމިޔާބުކޮށް ފައިދާ ގޯލުން ގުރޫޕް އޭގެ 2 ވަނަ ޓީމްގެ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރުކޮށްގެންނެވެ.

އަތޮޅުގެ ގަދަބާރު އޭދަފުށީ ޓީމް 3 ޕޮއިންޓް އަދި ހެޑް ޓު ހެޑްއިން ގުރޫޕްގެ 1 ވަނަ ޓީމްގެ ގޮތުގައި އޮތް އިރު، މާޅޮސް ޓީމުން މުބާރާތާއި ވަކިވީ 3 ފޮއިންޓާއި އެކު ގޯލް ތަފާތުންނެވެ. މެޗްގެ މޮޅު ކުޅުންތެެރިޔަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ޖަރޒީ ނަމްބަރ 10 ޙަސަން ޝާމް (ހަސްކާ)އެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް