ކަންނެލި ދޯންޏެއްގައި ރޯވެ އަނދައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
"ފްރެޝް 1" ދޯނީގައި ރޯވެ އަނަދަނީ --- ފޮޓޯ: މެރިން ޕޮލިސް
މާލެ އަތޮޅު ތެރޭގައި އޮތް ކަންނެލި ދޯންޏެއްގައި މިއަރު އަލިފާނުގެ ހާދިސާއެއް ހިނގައި އެދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ،
މިހާދިސާގައި އެދޯނީގައި ތިބި މީހުންގެ ތެރެއިން 5 މީހަކަށް އަނިޔާވެފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދުގެ 14:54 ހާއިރުގައި ކަމަށާއި ދޯނީ ގައި ރޯވި އިރު ދޯނި އޮތީ ކުރުނބާ މޯލްޑިވްސް ރިސޯޓާއި ކައިރީގައި ކަމަށެވެ. ހާދިސާ ހިނގި އިރު ދޯނީގައި 15 މީހުން ތިއްބެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް