އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ބުރު މިއަދު ފަށަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ގެ ހދ. އަތޮޅުގެ މެޗުތައް މިއަދު ފަށާނެއެވެ.
މި ފަހަރުގެ ހދ. އަތޮޅުގެ ބުރު ކުރިއަށްދާނީ ބައިވެރިވި 6 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ނޮޅިވަރަންފަރުގެ އިތުރުން ހަނިމާދޫ އަދި ކުމުންދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ ނައިވާދޫ, ނޭކުރެންދޫ އަދި ކުރިނބީއެވެ.
މުބާރާތުގެ ކަލަންޑަރު ރޭވިފައިވާ ގޮތުން، މާދަމާ (13 އޯގަސްޓް) ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޮޅިވަރަންފަރާއި ހަނިމާދޫއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ނައިވާދޫއާއި ނޭކުރެންދޫއެވެ.
މުބާރާތުގެ ތާވަލު ކުރިއަށްދާނެ ގޮތް:
13 އޯގަސްޓް: ނޮޅިވަރަންފަރު - ހަނިމާދޫ
13 އޯގަސްޓް: - ނައިވާދޫ - ނޭކުރެންދޫ
15 އޯގަސްޓް: - ނޮޅިވަރަންފަރު - ކުމުންދޫ
15 އޯގަސްޓް: - ނޭކުރެންދޫ - ކުރިނބީ
17 އޯގަސްޓް: - ހަނިމާދޫ - ކުމުންދޫ
17 އޯގަސްޓް: - ނައިވާދޫ - ކުރިނބީ
20 އޯގަސްޓް: - ސެމީ ފައިނަލް މެޗުތައް
23 އޯގަސްޓް: - ފައިނަލް މެޗު
ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑު މިހާރު ތަރުތީބުކުރެވިފައިވާ އުސޫލުން، ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމަށް "އެފްއޭއެމް ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕް" އިން ފުރުޞަތު ލިބޭނެއެވެ. އަދި ހަތަރު ރީޖަނުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މުބާރާތަށްފަހު މުޅި ރާއްޖޭގެ ޗެމްޕިއަން ޓީމު ކަނޑައެޅިގެންދާނެއެވެ.
މީގެ އިތުރުން، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމަށް، ރާއްޖޭގެ އެންމެ ފޯރިގަދަ ކްލަބް ފުޓްސަލް މުބާރާތް ކަމަށްވާ "ކްލަބް މޯލްޑިވްސް ކަޕް 2027" އިން ސީދާ ޖާގައެއް ކަށަވަރުވެގެންދާނެއެވެ.
މިއީ އަތޮޅުތެރޭގެ ޓީމުތަކަށް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވާދަކޮށްލަން ލިބޭ ރަން ފުރުޞަތެކެވެ.
ޚަބަރުލިޔުނީ: ޢަލީ ރިޔާޟު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް