Post banner
ރާއްޖެ

ރައީސް ބޭނުންފުޅުވާ ބަޔަކަށް ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދެވޭގޮތަށް ހުށައަޅާފައިވާ އިސްލާޙް ބޭރުކުރަން ޕެޓިޝަނެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް ބޭނުންފުޅުވާ ބަޔަކަށް ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދެވޭގޮތަށް ހުށައަޅާފައިވާ އިސްލާޙް ބޭރުކުރަން ޕެޓިޝަނެއް

ރައްޔިތުންގެ މަޖިލީހުގެ އިދާރާ --

ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބަޔަކަށް ކުއްޔަށް އަދި ވަރުވާއަށް ދެވޭ ގޮތަށް، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާޙް މަޖިލީހުން ބޭރުކުރުމަށް ގޮވާލައި އީޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

މި ޕެޓިޝަން ހުށައަޅާފައި ވަނީ، ސ. މަރަދޫފޭދޫ، އައްސޭރި މިދުއަމް ސައުދެވެ.

ތުޅާދޫ ދާއިރާ މެންބަރު ޢަބްދުލްޙައްނާން ސްޕޮންސާކޮށް މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ދެކޮޅަށް ހުށައަޅާފައިވާ އެ އީޕެޓިޝަންގައި ސޮއިކުރުމުގެ ފުރުޞަތު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން ހުޅުވާލާފައެވެ.

އެޕެޓިޝަންގައި ބުނެފައި ވަނީ، ހުށައަޅާފައިވާ ބިލުން ގެންނަން އުޅޭ އިސްލާޙްތަކުގެ އާހިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި އެބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށެވެ. އަދި އެއާއެކު މި އިސްލާހު ތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާކަމަށް ނުވަތަ  އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބޭކަންވެސް ފާހަގަކޮށްފައި ވެއެވެ. އަދި ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ ހައްގުވެސް ގެންނަން އުޅޭ އިސްލާޙްތަކުގެ ސަބަބުން ހަނިވެގެންދާކަމުގައި ޕެޓިޝަންގައި ބަޔާންކޮށްފައި ވެއެވެ.

އެހެންވެ އިޞްލާހު ތަކަކީ ލާމަރުކަޒީ ޤާނޫނު އަދި އެ ޤާނޫނޫގެ ރޫހާއި ހިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިޞްލާހު ތަކަކަށް ވާތީވެ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާކަމުގައިވެސް ޕެޓިޝަނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް