Post banner
ރާއްޖެ

ހޮސްޕިޓަލްގެ އެޕޮއިންޓްމެންޓްދޭ އުސޫލު ރައްޔިތުންނަށް ވޭނަކަށްވެފައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހޮސްޕިޓަލްގެ އެޕޮއިންޓްމެންޓްދޭ އުސޫލު ރައްޔިތުންނަށް ވޭނަކަށްވެފައި

ރާއްޖޭގެ ޞިއްޚީ ޚިދުމަތްތައް މާލެއަށް މަރުކަޒުކޮށް، އާއްމު ރައްޔިތުންނަށް މާލެއަށް އައުން ނޫންގޮތެއް ނެތް އިރު، އެޕޮއިންޓްމެންޓް ދިނުމުގެ އުސޫލުތަކާއި ގުޅިގެން އާއްމުންނަށް އިންތިހާއަށް ދަތިތަކާއި ކުރިމަތިވާ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

ރައްޔިތުންގެ ނޫހާއި މިކަމުގެ ކަންބޮޑުވުންތައް ޙިއްސާކުރި ފަރާތްތަކުން ބުނީ، ހޮސްޕިޓަލްތަކުން އެޕޮއިންޓްމެންޓް ދިނުމުގައި އަަމަލުކުރާ އުސޫލުގެ ސަބަބުން، އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ސްޕެޝަލިސްޓު ޑޮކްޓަރަށް ދެއްކުމަކީ، ވޭނަކަށް ވެފައިވާ ކަމަށެވެ.

"މިހާރު ހަތަރު މަސްވެއްޖެ ހުޅުމާލެ ހޮސްޕިޓަލުން އަންހެނުންގެ ޑޮކްޓަރެއްގެ އެޕޮއިންޓްމެންޓަކަށް ނުދެވިގެން އުޅޭތާ! ކިއޫގައި ޖައްސަންޖެހޭއިރު، އެޕޮއިންޓްމެންޓް ލިބޭ ވާހަކަ މިބުނަނީ 24 ގަޑިއިރަށް ވުރެވެސް ކުޑަ ވަގުތުކޮޅެއް ދީފައި. މިހާރު ތިން ފަހަރު ދެވެން ނެތިގެން އެޕޮއިންޓްމެންޓް ފަސްކުރަން ޖެހިއްޖެ." މެދުރާއްޖެ ތެރޭގެ އަތޮޅެއްގެ ސްކޫލެއްގައި މަސައްކަތް ކުރާ ޓީޗަރަކު ބުންޏެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހަމަޖެހުމުން ހޮސްޕިޓަލްތަކުން އެކަން ބަލިމީހުންނަށް ނުވަތަ ބަލިމީހުންގެ އެހީތެރިންނަށް އަންގަނީ، އާއްމުކޮށް މެންދުރުފަހުއެވެ. އެގޮތަށް އަންގާއިރު، އަންގަނީ އަނެއްދުވަހު ހެނދުނު ޑޮކްޓަރުގެ އެޕޮއިންޓްމެންޓަށް ހޮސްޕިޓަލަން އަންނާށެވެ.

"ހަވީރު ނުވަތަ އިރުއޮއްސެން އުޅެނިކޮށް ގުޅާފައި މިބުނަނީ، މާދަމާ ހެނދުނު ޑޮކްޓަރަށް ދައްކަން އަންނަން. އަހަރެމެން ކިހިނެއް އެހެން ދަނީ. އެޕޮއިންޓްމެންޓް ހަމަޖެހުނުކަން މިއެނގެނީ އެދުވަހެއްގެ ފެރީތައް ފުރާ ފަހުން. މިނޫންގޮތަކަށް ވިއްޔާ މިޖެހެނީ، އެޕޮއިންޓްމެންޓް ލިބޭނެ އިރެއްގެ އިންތިޒާރުގައި ހަފްތާ ދެހަފްތާ ވަންދެން މާލޭގައި ކުލީ ކޮޓަރިތައް ހިފައިގެން ތިބެން." ޝަކުވާކުރި މީހާަ ބުނެފައިވެއެވެ.

އަތޮޅުތަކުން މާލެއަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން އަންނަ މީހުންނަށް، އުސޫލުތަކަށް ލުޔެއްދީގެން ފަސޭހަކޮށްދިނުމުގެ ފުރުޞަތު އޮތް ނަމަވެސް އެކަމަށް މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ބަދަލެއް ގެނެސްފާނެކަން ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް