Post banner
ރާއްޖެ

މައްސަލަ ހައްލުކޮށް ފޯމް ހުށައެޅުމަށް އިތުރު 2 ގަޑިއިރުދީފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މައްސަލަ ހައްލުކޮށް ފޯމް ހުށައެޅުމަށް އިތުރު 2 ގަޑިއިރުދީފި

ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ---

ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ފޯމް ހުށައެޅުމަށް 2 ގަޑިއިރު އިތުރުކޮށްދީފިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް، ފޯމް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ، މިރޭ ދަންވަރު 2:00 އަށް ކަމަށެވެ.

ޕޯޓަލްއަށް މައްސަލަ ދިމާވީ، ފަހު ވަގުތު ގިނައަދަދެއްގެ ބަޔަކު އެއްފަހަރާ ޕޯޓަލްއަށް ވަންނަން މަސައްކަތް ކުރުމުން ކަމަށް ވަނީ ބެލެވިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް