Post banner
ރާއްޖެ

ސަލީމް ނައިބު ރައީސަކަށް ހޮވުމުން ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ލިސްޓުން ނާޒިމަށް ޖާގަ ލިބިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަލީމް ނައިބު ރައީސަކަށް ހޮވުމުން ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ލިސްޓުން ނާޒިމަށް ޖާގަ ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ވޯޓުގައި މެމްބަރު ނާޒިމް ވޯޓުލައްވަނީ ---

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް، އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް އިންތިޚާބު ކުރުމާއިއެކު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެމްބަރުންގެ ލިސްޓުން، މެމްބަރު ނާޒިމަށް ފުރުޞަތު ލިބިއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ހިމެނިވަޑައިގަންނަވަނީ، އެލިސްޓުގެ 5 ވަނައިގައެވެ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅުންގެ ލިސްޓު އެކުލަވާލައްވަނީ، މަޖިލީހުގައި އެމެމްބަރަކު މަސައްކަތް ކުރެއްވި މުއްދަތާއި، އުމުރަށް ބައްލަވައިގެން އެކުލަވާލާ ލިސްޓެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓުމަށް މެމްބަރުންގެ ލިސްޓް ތަރުތީބު ކުރެވިފައިވާ ގޮތް:

1- އަޙްމަދު ސިޔާމް - މީދޫ ދާއިރާ

2- ޤާސިމް އިބްރާހިމް - މާމިގިލީ ދާއިރާ

3- ޢަބްދުލްޤަފޫރު މޫސާ - ހަނިމާދޫ ދާއިރާ

4- އަޙްމަދު ޠާރިޤު - މަހިބަދޫ ދާއިރާ

5- މުޙައްމަދު ނާޒިމް - މާފަންނު އުތުރު ދާއިރާ

މި ލިސްޓުގައި ކުރިން، ސަލީމް ހިމެނިވަޑައިގެންނެވީ، 3 ވަނައިގައެވެ. ރައްޔިތުންގެ މަޖިިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް އިސްތިއުފާ ދެއްވުމުން، އެމަޤާމަށް ސަލީމް އިންތިޚާބުކޮށްފައި ވަނީ، 1 ޖޫން 2026ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެހެން ނަމަވެސް މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ސަލީމް އިންތިޚާބު ކުރި ޖަލްސާގައި އޭނާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް