Post banner
ރަށްރަށުން

ކުޅުދުއްފުށީ ސިޓީކައުންސިލުން އެރަށުގެ ކޮންމެ ސްކޫލަކަށް 1 ލައްކަ ރުފިޔާ ދެނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުޅުދުއްފުށީ ސިޓީކައުންސިލުން އެރަށުގެ ކޮންމެ ސްކޫލަކަށް 1 ލައްކަ ރުފިޔާ ދެނީ

ގްރާންޓް އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ކުޅުދުއްފުށީ ސިޓީކައުންސިލް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލަށް 2026 ވަނަ އަހަރު ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި އިއްޔެ ސޮއިކޮށްފިއެވެ.

މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 100،000 ރުފިޔާގެ ގްރާންޓެއް ދޫކުރުމަށްވަނީ ނިންމާފައި ކަމުގައި ކުޅުދުއްފުށީ ސިޓީކައުންސިލުން ހާމަކޮށްފައިވެއެވެ.

ކުޅުދުއްފުށީ ސިޓީކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ، ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ގްރާންޓް ޕްރޮގްރާމްގެ ދަށުން 2024 އަހަރާއި 2025 ވަނަ އަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 2022 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 50،000 ރުފިޔާ ދޫކޮށްފައި ވެއެވެ.

ކުޅުދުއްފުށީގައި ހުންނަނީ، ސަރުކާރުގެ ތިން ސްކޫލެވެ. އެއީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލާއި، ޖަލާލުއްދީން ސްކޫލެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް