Post banner
ރާއްޖެ

ޗެއާޕަރސަން އިންތިޚާބުގެ ފުރަތަމަ ފޮށީގެ ނަތީޖާ ލިބިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޗެއާޕަރސަން އިންތިޚާބުގެ ފުރަތަމަ ފޮށީގެ ނަތީޖާ ލިބިއްޖެ

އެމްޑީޕީގެ ޗެއާޕަރސަން އިންތިޚާބުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ ނޫސް

މިއަދު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ފުރަތަމަ ވޯޓު ފޮށީގެ ނަތީޖާ ލިބިއްޖެއެވެ.

އެންމެ ފުރަތަމަ ނަތީޖާ ލިބިފައި ވަނީ، މިއިންތިޚާބުގައި ލަންކާގައި ބަހައްޓާފައިވާ ވޯޓު ފޮށިންނެވެ، އެއީ ރާއްޖެއިން ބޭރުގައި ބެހެއްޓި ހަމައެކަނި ވޯޓު ފޮއްޓެވެ.

ލަންކާގައި ބެހެއްޓި ވޯޓުފޮށިން ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގަތީ، 37 ވޯޓެވެ. މީކާއީލްއަށް ލިބިވަޑައިގަތީ 11 ވޯޓެވެ.

މިއިންތިޚާބުގެ ވޯޓުލުން ރާއްޖޭގައި މިރޭގެ 9:00ގައި ވަނީ ބަންދުކޮށްފައެވެ. ކިއޫގައި ވޯޓުލާން މީހުން ނެތް ފޮށިތައް މިހާރު ވަނީ ބަންދުކުރަން ފަށާފައެވެ. މިއިންތިޚާބުގައި އެމްޑީޕީން މުޅި ރާއްޖޭގައި 240 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް