Post banner
ދުނިޔެ

އެމެރިކާގެ ބީ-52 އަސްކަރީ މަތިންދާ ބޯޓެއް ވެއްޓިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމެރިކާގެ ބީ-52 އަސްކަރީ މަތިންދާ ބޯޓެއް ވެއްޓިއްޖެ

ބޮން އެޅުމަށް އެމެރިކާ އަސްކަރިއްޔާއިން ބޭނުންކުރާ، ބީ-52 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

މިމަތިންދާ ބޯޓު ވެއްޓުނީ، ހޯމަ ދުވަހު، އެމެރިކާގެ ކެލިފޯނިއާގައި އޮންނަ އެޑްވަރޑް އެއާބޭސްއިން ފުރިތަނާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ބޯޓު ވެއްޓުނީވެސް އެޑްވަރޑް އެއާބޭސްގެ ސަރަހައްދުތެރެއަށެވެ.

މިހާދިސާގައި ބޯޓުމުޅިން އަނދައި އަޅިޔަށްވެގެން ދިޔައިރު، އޭގައިތިބި އެމެރިކާ ސިފައިންގެ ހުރިހާ އޮފިސަރުންވެސް ވަނީ މަރުވެފައެވެ. މަރުވީ ކިތައް އޮފިސަރުންކަމެއް އެމެރިކާގެ އަސްކަރިއްޔާއިން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި އަސްކަރީ އެމަތިންދާ ބޯޓުގައި މަދުވެގެން 5 ސިފައިން ތިބޭނެއެވެ.

ބޮންއެޅުމަށް ބޭނުންކުރާ މިބާވަތުގެ ބޯޓުތަކަކީ 1955 ވަނަ އަހަރުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކުރަމުން އަންނަ ބޯޓުތަކެކެވެ. ދުރުރާސްތާއަށް ދަތުރުކޮށް ބޮންއެޅުމުގެ ޤާބިލްކަން ލިބިފައިވާ ބީ-52 ގެ ބޮންއަޅާ ބޯޓުތައް އެމެރިކާއިން އީރާނާއި ދެކޮޅަށް ހަމަލާދިނުމަށްވެސް ބޭނުންކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް