Post banner
ރާއްޖެ

ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު މިސްކިތް އެޅުމަށް ބިން ހަވާލުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު މިސްކިތް އެޅުމަށް ބިން ހަވާލުކޮށްފި

ރާއްޖޭގައި މިހާތަނަށް ޢިމާރާތް ކުރާ އެންމެ ބޮޑު މިސްކިތް އެޅުމަށް ހުޅުމާލެއިން ބޮޑު ބިމެއް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ބިން ހަވާލުކުރުމުގެ ގޮތުން މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި، ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އެ އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރުއެވެ.

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު އިސްލާމިކް މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެން ކަމުގައިވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

ހުޅުމާލޭ ފޭސް 2 އާއި ފޭސް 3 ގުޅޭ ސަރަހައްފުގައި އިމާރާތްކުރާ މި މިސްކިތަކީ، ދަތިނުވެ އެއްފަހަރާ، 10000 ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ ވަރުގެ ބޮޑު މިސްކިތެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް