Quba
Category

ރާއްޖެ

ހުޅުމާލެ ފަޅުތެރެއަަށް ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ހުޅުމާލެ ފަޅުތެރެއަަށް ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

މެރިން ޕޮލިސް އިން ހާމަ ކުރައްވާފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ، ހުޅުމާލެ ފަޅުތެރެއިންނެވެ. އެމްއެންޑީއެފުން ވިދާޅުވީ އެމީހާގެ ހަށިގަނޑުފެނުނީ ސީޕްލޭންޓާމިނަލް ގެ ފަޅުތެރެއިން ކަމަށެވެ.

އިތުރަށް ކިޔާ
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި 26 ގެ ކުރިން ހުޅުވަނީ

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި 26 ގެ ކުރިން ހުޅުވަނީ

މުޅި ސަރުކާރުގެ ނިޒާމްގެ ތެރޭގައި ހުރި ކަންކަމުގެ ޝަކުވާތަކަށް، 24 ގަޑިއިރު ޚިދުމަތް ދިނުމަށް ޤާއިމްކުރާ މި އޮފީހުގެ މަސައްކަތްތައް ފަށައިގަތުމުގެ ކަންކަން ވަރަށް ބާރަށް ކުރިޔަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް )އޭ އައި( އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ގެއްލިގެން ހޯދަމުން އަންނަނީ ތެޔޮ ބާޖަކުން މޫދަށް ފޭބި މީހެއް: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން އަންނަނީ ތެޔޮ ބާޖަކުން މޫދަށް ފޭބި މީހެއް: އެމްއެންޑީއެފް

އެމްއެންޑީއެގުން ވިދާޅުވީ، ހުޅުލޭ ސީ ޕްލޭންގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި 48 އަހަރުގެ ދިވެހި ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އިތުރަށް ކިޔާ
ދޯންޏެއްގެ ވަލެއް އައްސަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ

ދޯންޏެއްގެ ވަލެއް އައްސަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ

މެރިން ޕޮލިސް އިން ވިދާޅުވީ، ހުޅުމާލެގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މީހާ ހޯދުމުގެ މަސަކަތް މެރިން ޕޮލިސް އާއި ކޯސްޓް ގާރޑް ގުޅިގެން ދަނީ ހަރަކާތްތެރިވަމުން ކަމުގައިވެސް މެރިން ޕޮލިސް އިން ވިދާޅުވެފައި ވެއެވެ.

އިތުރަށް ކިޔާ
ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

އެމްއެންޑީއެފުން ވިދާޅުވީ، މިދުވަސްވަރު ދަތުރުކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ދަތުރުކުރައްވާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވުމަށާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށްވެސް އިލްތިމާސްކުރާކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވެފައި ވެއެވެ.

އިތުރަށް ކިޔާ
ހޮސްޕިޓަލަށް ގެންދިޔަ ގައިދިއަކު ފިލައިފި

ހޮސްޕިޓަލަށް ގެންދިޔަ ގައިދިއަކު ފިލައިފި

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު، ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލި މައްސަލައެއް، އިއްޔެ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އިތުރަށް ކިޔާ
އިނގިރޭސިވިލާތުން ކަނޑުމަހުގެ ޑިއުޓީ ކަނޑާލުން: ރާއްޖެއަށް މީގެ ފައިދާ ކުރާނެ، ނަމަވެސް މިނިންމުމުގެ އަސްލަކީ ކޮބާ؟

އިނގިރޭސިވިލާތުން ކަނޑުމަހުގެ ޑިއުޓީ ކަނޑާލުން: ރާއްޖެއަށް މީގެ ފައިދާ ކުރާނެ، ނަމަވެސް މިނިންމުމުގެ އަސްލަކީ ކޮބާ؟

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތަކެތީގެ އަގު އުފުލެމުންދާތީ، އެ ގައުމުގެ އެތެރޭގެ އިގްތިސާދަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އިނގިރޭސިވިލާތުން ވަނީ ކަނޑުމަހާއި އެހެނިހެން ބައެއް ކާބޯތަކެތިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މި ނިންމުމަކީ ވަކި ގައުމަކަށް އިސްތިސްނާއެއް ނެތި، ހުރިހާ ގައުމުތަކަކަށްވެސް ހަމަހަމަކޮށް ހިނގާނެ އުސޫލެކެވެ. މިއީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވެފައިވާ ވަކި ޚާއްޞަ ވިޔަފާރީގެ އެއްބަސްވުމެއް ނޫނެވެ.

އިތުރަށް ކިޔާ
ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭފުޅަކު ޢައްޔަނުކުރައްވައިފި

ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭފުޅަކު ޢައްޔަނުކުރައްވައިފި

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ރިޔާސީ ދައުރުގެ ތެރޭގައި، އެކޮމިޝަންގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ތަމްސީލްކުރައްވާ މެމްބަރުގެ ގޮތުގައި ޢައްޔަނުކުރެއްވި ތިންވަނަ ބޭފުޅާއެވެ. އެންމެ ފުރަތަމަ އެމަޤާމަށް ޢައްޔަނުކުރެއްވީ، އަލްއުސްތާޛު މުޙައްމަދު ސަމީރެވެ. އޭނާ މެމްބަރުކަމުން ވަކިކުރީ، ކުއްލިގޮތަކަށެވެ.

އިތުރަށް ކިޔާ
މަހުދީ ނިޔާވިތާ 5 ދުވަސް ފަހުން، އެ ހާދިސާ ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ

މަހުދީ ނިޔާވިތާ 5 ދުވަސް ފަހުން، އެ ހާދިސާ ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖުގައި ވިދާޅުވީ، 2026 މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުންކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ދީފައެއް ނުވެއެވެ.

އިތުރަށް ކިޔާ
ހޮހަޅައިގެ ތެރޭގައި މަރުވި ހުރިހާ ޑައިވަރުންގެ ހަށިތައް ނަގައިފި

ހޮހަޅައިގެ ތެރޭގައި މަރުވި ހުރިހާ ޑައިވަރުންގެ ހަށިތައް ނަގައިފި

ގެއްލުނު 5 ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ، އެދުވަހުގެ 18:15 ހާއިރު، ގެއްލުނު މީހުން ހޯދުމަށް ފީނި ސަފާރީގެ ޑައިވަރަކަށެވެ. ފެނުނު އިރުވެސް އޭނާ އޮތީ މަރުވެފައެވެ. ގެއްލުނު އަނެއް 4 ޑައިވަރުން ހޯދުމަށް ފީނުމުގެ ތެރޭގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރު، މުޙައްމަދު މަޙުދީ ނިޔާވީ، ހޮނިހިރު ދުވަހުގައެވެ. މަހުދީގެ ހަށިގަނޑު ނެގީ ފުލުހުންގެ މެރިންކޯގެ ޑައިވަރުން ފީނައިގެންނެވެ.

އިތުރަށް ކިޔާ
ފަތުރުވެރިން އަންނަ އަދަދު އިތުރުވާން ފަށައިފި

ފަތުރުވެރިން އަންނަ އަދަދު އިތުރުވާން ފަށައިފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވީ، މާރިޗު މަހާއި އޭޕްރީލް މަހު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ދަށަށް ދިޔަ ކަމަށެވެ. މިގޮތުން މާރިޗު މަހު އެނިސްބަތް 22.5 އިންސައްތައަށް ދައްވިއިރު، އޭޕްރީލް މަހު އެނިސްބަތް 26.5 އިންސައްތަ ދަށްވިއެވެ. މޭމަހުގެ މިހިސާބައަށް ބަލާއިރު، ފަތުރުވެރިން ރާއްޖެއަށް އަންނަ އަދަދު ދަށަށް ގޮސްފައި ވަނީ 8.9 އިންސައްތައަށް ކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ދެ ޑައިވަރެއްގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ނަގައިފި

ދެ ޑައިވަރެއްގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ނަގައިފި

ކާމިޔާބުކަމާއި އެކު ދެމީހެއްހެ ހަށިގަނޑު ނެގިފައިވާކަން، އެމަސައްކަތް ކުރަމުން އަންނަ "ޑޭން ޔޫރަޕް" ގުރޫޕުން ވަނީ ހާމަކޮށްފައެވެ. އަދި އަނެއް ދެމީހުންގެ ހަށިގަނޑުވެސް، މޫސުމް ތަންދޭނަމަ، މާދަމާ، ނަގާނެ ކަމުގައި އެގުރޫޕުން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާ
ވަގަށް އެތެރެކުރަން އުޅުނު ދެމިލިޔަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި

ވަގަށް އެތެރެކުރަން އުޅުނު ދެމިލިޔަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި

ކަސްޓަމްސްއިން މިރޭ ވިދާޅުވީ، އަތުލައިގަނެވުނީ، 2،304،200 ސިނގިރޭޓު ސްޓިކް ކަމަށެވެ. މި ތަކެތި އަތުލައިގަނެފައިވަނީ، ރާއްޖެއަށް ކަނޑުމަގުން ގެނައި ޝިޕްމެންޓެއްގައި ފޮރުވައިގެން ސިނގިރޭޓް އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، 2026 މެއި 14 އަދި 15 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމުގައިވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

އިތުރަށް ކިޔާ
އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އުފައްދަވައިފި

އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އުފައްދަވައިފި

މި ބަދަލާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/12 ދެންނެވުމުން ވަނީ "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އާއި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"ގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ވެސް އާންމުކުރައްވާފައެވެ.

އިތުރަށް ކިޔާ
ހދ. ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތައް އުވާލައްވައިފި

ހދ. ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތައް އުވާލައްވައިފި

ހިރިމަރަދޫ ކައުންސިލް އުވާލެއްވީ، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީއެވެ.

އިތުރަށް ކިޔާ
އިޓަލީގެ 4 ޑައިވަރުގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ފެނިއްޖެ

އިޓަލީގެ 4 ޑައިވަރުގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ފެނިއްޖެ

އެމްއެންޑީއެފުން ވިދާޅުވީ، ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ވަނީ ލޮކޭޓްކުރެވިފައި ކަމަށެވެ.

އިތުރަށް ކިޔާ
ގެއްލުނު ޑައިވަރުން ހޯދަން ތަޖުރިބާކާރު ބޭރުގެ ޑައިވަރުން ފީނަން ފަށައިފި

ގެއްލުނު ޑައިވަރުން ހޯދަން ތަޖުރިބާކާރު ބޭރުގެ ޑައިވަރުން ފީނަން ފަށައިފި

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިއަދު އަލުން ސާރޗް އެންޑް ރިކަވަރީ އޮޕަރޭޝަން ފަށާފައި ވަނީ، އިއްޔެ އައި ބޭރުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމާއި އެކުގައެވެ. އިޓަލީގެ ރަސްމީ ފަރާތްތަކުގެ އެހީއާއެކު، ރާއްޖެއައި ޑައިވަރުންނަކީ، ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންނެވެ. އެމީހުންގެ ތެރޭގައި މީގެ ކުރިން މިފަދަ އެތައް އޮޕަރޭޝަނެއް ކާމިޔާބު ކަމާއި އެކު ނިންމުމުގައި ބައިވެރިވި ޑައިވަރުންވެސް ހިމެނެއެވެ.

އިތުރަށް ކިޔާ