Quba
Category

ރާއްޖެ

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލައިފި

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލައިފި

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމުޒާހަރާއިން 10 މީހަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން 7 މީހުން ދޫކޮށްލި ކަމަށެވެ. ކޯޓުން ބަންދުގެ މުއްދަތުޖަހައިދިނުމުން ބަންދުގައި ތިބި 3 މީހުންގެ ތެރެއިން އެކަކު 3 ދުވަހަށް ބަންދު ކުރުމަށް، އެކަކު 5 ދުވަހަށް ބަންދު ކުރުމަށް އަދި އަނެއް މީހާ 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ދިނެވެ.

އިތުރަށް ކިޔާ
ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ބައިވެރިން ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ބައިވެރިން ދަސްވެނިވެއްޖެ

ދަސްވެނިވި ދަރިވަރުންގެ ތެރޭގައި، ދިވެހިރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ، 343 ދަރިވަރުން ހިމެނެއެވެ. މި ދަސްވެނީންގެ ތެރޭގައި، 18 އަހަރުން ދަށުގެ 113 ދަރިވަރުން ހިމެނޭކަމާއި، ދަސްވެނީންގެ ތެރޭގައި 63 އަންހެން ކުދިންނާއި، 280 ފިރިހެން ކުދިން ހިމެނެއެވެ.

އިތުރަށް ކިޔާ
އެބޯލާ ފެތުރޭތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިއުލާނުކުރި ސިއްހީ ނުރައްކަލުގެ ހާލަތުދަނީ މޮނީޓަރކުރަމުން: އެޗްޕީއޭ

އެބޯލާ ފެތުރޭތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިއުލާނުކުރި ސިއްހީ ނުރައްކަލުގެ ހާލަތުދަނީ މޮނީޓަރކުރަމުން: އެޗްޕީއޭ

ހެލްތް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި އެޗްޕީއޭއިން ބުނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިވަގުތުގެ ހާލަތު މޮނީޓަރ ކުރަމުންދާ ކަމަށެވެ. އަދި މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާތަކާ ހިއްސާކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ޑީއާރްސީ ނުވަތަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އާއި ފެތުރޭ އިބޯލާގެ ވައްތަރެއްކަމަށްވާ ބަންޑިބުގްޔޯ ވައިރަސްއަށް ވަކި ހާއްސަ ވެކްސިނެއް ނެތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާ
މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

މަހުދީގެ ޖަނާޒާގައި މޫނު ދެއްކުން ކުރިޔަސް ދިޔައީ މިރޭގެ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. މަޙްދީގެ މައްޗަށް ކަށު ނަމާދުކުރުން އޮތީ މިރޭގެ 22:00ގައި މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައެވެ.

އިތުރަށް ކިޔާ
ސިފައިންގެ ޑައިވަރަކު ނިޔާވި އިރު، ގެއްލުނު މީހުންގެ ހަށިތައް ހޯދަން ސިފައިން ޑައިވްކުރަމުން ދިޔައީއެކަމަށް އެކަށޭނަ ވަޞީލަތްތައްނެތި

ސިފައިންގެ ޑައިވަރަކު ނިޔާވި އިރު، ގެއްލުނު މީހުންގެ ހަށިތައް ހޯދަން ސިފައިން ޑައިވްކުރަމުން ދިޔައީއެކަމަށް އެކަށޭނަ ވަޞީލަތްތައްނެތި

ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ، ސިފައިންގެ ޑައިވަރުން ފީނުމަށް ތަމްރީންވެފައި ތިބީ، 50 މީޓަރަށް ކަމަށެވެ.

އިތުރަށް ކިޔާ
ގެއްލުނު ޑައިވަރުން ހޯދަން ފީނި ސިފައިންގެ ޑައިވަރަކު ނިޔާވެއްޖެ

ގެއްލުނު ޑައިވަރުން ހޯދަން ފީނި ސިފައިންގެ ޑައިވަރަކު ނިޔާވެއްޖެ

މިހާދިސާ އާއި ގުޅިގެން އެންމެ ފުރަތަމަ އެމްއެންޑީއެފުން ވިދާޅުވީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އޭނާ ނިޔާވީ، ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް އަދި ސާފެއް ނުވެއެވެ.

އިތުރަށް ކިޔާ
ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ ޑައިވަރެއްގެ ހާލު ދެރަވެ މާލެ ގެނެސްފި

ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ ޑައިވަރެއްގެ ހާލު ދެރަވެ މާލެ ގެނެސްފި

އެމްއެންޑީއފުން ވިދާޅުވީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންދެވިފައިވާ ކަމަށެވެ.

އިތުރަށް ކިޔާ
ހޮހަޅައަށް ފީނުމުގެ ތެރޭ ގެއްލުނު ފަތުރުވެރިން އެތަނަށް ގެންދިޔަ ސަފާރީއަށް ފިޔަވަޅު އަޅައިފި

ހޮހަޅައަށް ފީނުމުގެ ތެރޭ ގެއްލުނު ފަތުރުވެރިން އެތަނަށް ގެންދިޔަ ސަފާރީއަށް ފިޔަވަޅު އަޅައިފި

ރާއްޖޭގައި ރިކްރިއޭޝަނަލް ޑައިވް ކުރެވޭ އެންމެ ފުންމިނަކީ 30 މީޓަރެވެ. އެއަށް ވުރެ ފުނަށް ފީނޭނީ، އެކަމާއި ގުޅޭ ހުއްދަތައް ހޯދައިގެންނެވެ. އެހެންނަމަވެސް ކަނޑުގެ 58 މީޓަރު ފުނުގައި ހުރި އެ ހޮހަޅައަށް އެމީހުން ފީނި އިރު އެކަމުގައި ކަމާއި ބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނަގާފައި ނުވާކަމުގައި މައުލޫމާތު ލިބިފައި ވެއެވެ.

އިތުރަށް ކިޔާ
ރައީސް އޮފީހުގެ މީޑިއާ ގުރޫޕުން ގިނަ އަދަދެއްގެ ނޫސްވެރިން ބޭރުކޮށްލައިފި

ރައީސް އޮފީހުގެ މީޑިއާ ގުރޫޕުން ގިނަ އަދަދެއްގެ ނޫސްވެރިން ބޭރުކޮށްލައިފި

އޮންލައިން ނޫސް އަދަދުގެ ނޫސްވެރިންގެ ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް ނުވެއްދުމަށް ނިންމުމަށް ފަހު، ރައީސް އޮފީހުގެ މީޑިއާ ގުރޫޕްގައި ތިބި ނޫސްވެރިންގެ މައުލޫމާތު އަޕްޑޭޓް ކުރުމުގެ މަސައްކަތް އެއޮފީހުން ފެށިގެން އިޢުލާނުކުރިއެވެ.

އިތުރަށް ކިޔާ
ނޫސްވެރިންގެ މައްޗަށް ހިންގާ ޣައިރު ޤާނޫނީ ޝަރީއަތްތައް ހުއްޓާލުމަށް ގޮވާލައްވައިފި

ނޫސްވެރިންގެ މައްޗަށް ހިންގާ ޣައިރު ޤާނޫނީ ޝަރީއަތްތައް ހުއްޓާލުމަށް ގޮވާލައްވައިފި

އެގޮތުން މިހާރުން މިހާރަށް ޖަލުގައި ނުހައްގުން ބަންދުކޮށްފައިވާ ނޫސްވެރިންނާއި އެކަމަށް އަޑުއުފުލުމާ ގުޅިގެން ބަންދުކުރި ހުރިހާ ފަރާތެއް މިނިވަންކުރުމަށް ތިން ރައީސުންގެ ސޮއި ހިމެނޭ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

އިތުރަށް ކިޔާ
މިއީ މަދަނީ މިންގަނޑުގެ ތެރެއިން ވެރިކަމަށް ކުރާ ޖަދަލެއް: ކުރީގެ ރައީސް ޔާމީން

މިއީ މަދަނީ މިންގަނޑުގެ ތެރެއިން ވެރިކަމަށް ކުރާ ޖަދަލެއް: ކުރީގެ ރައީސް ޔާމީން

މީހާރުގެ ރައީސް ޑރ. މުޢިއްޒު ދައްކަވަމުންގެންދަވާ ވާހަކަފުޅުތައް އަމަލީސިފައެއްގައި ނުގެނެވިއްޖެނަމަ ދެން މުސްތަގުބަލުގައި ތިން ރައީސުން ހައްދަވާނެ ގޮތާއި މެދު ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް ޔާމީން ޖަވާބުދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މުޢިއްޒު މިނިވަން މުއައްސަސާތައް ހިފަހައްޓާފައިވާ މި ދަނޑިވަޅުގައި ޕްރެޝަރކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް އެދެވޭ ބަދަލެއް ގެނެވިދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.

އިތުރަށް ކިޔާ
އަދީބަށް މަޢާފުދިނުމަކީ، ޤާނޫނާއި ޚިލާފަށް ކުރިކަމެއް ނޫން: އިބޫ

އަދީބަށް މަޢާފުދިނުމަކީ، ޤާނޫނާއި ޚިލާފަށް ކުރިކަމެއް ނޫން: އިބޫ

ރައީސް ޞާލިޙް ވިދާޅުވީ، އަދީބަށް މަޢާފު ދެއްވާފައި ވަނީ އެހެން ކުއްވެރިންނެކޭވެސް އެއްފަދައި، އަދަބު ލުއިކޮށްދެއްވުމާއި، މަޢާފްކޮށްދިނުމަށް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ. ރައީސް އިބޫ ވިދާޅުވީ، އަދީބަށް މަޢާފްދީ އަދަބު ލުއިކޮށްދެއްވުނީ، އޭނާގެ މައްޗަށް ކުރެވުނު ޖިނާޢީ ހުކުމްތަކުގެ ބަޔަށް ކަމަށާއި އެހެން ނަމަވެސް، ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަދަނީ ބައި މިހާރުވެސް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި އެމައްސަލަތައް ކަމާއި ބެހޭ ފަރާތްތަކުގައި އޮންނާނެ ކަމަށާއި، އެމައްސަލަތައް މިހާރު ނުހިނގަނީ ކީއްވެތޯވެސް ރައީސް ޞާލިޙް ސުވާލު އުފެއްދެވިއެވެ.

އިތުރަށް ކިޔާ
އަޅުގަނޑުމެންގެ ވެރިކަންތަކަކީ އެންމެ ރަނގަޅަށް ހިނގި ވެރިކަން ތަކެއް ނޫން: ތިން ރައީސުން

އަޅުގަނޑުމެންގެ ވެރިކަންތަކަކީ އެންމެ ރަނގަޅަށް ހިނގި ވެރިކަން ތަކެއް ނޫން: ތިން ރައީސުން

ތިން ރައީސުންވެސް މިހެން ވިދާޅުވީ، މިރޭ ތިން ރައީސުން ބައްދަލުވެ ބޭއްވި ތާރީޚީ ބައްދަލުވުމަށްފަހުގައި، ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިތުރަށް ކިޔާ
ތިން ރައީސުން ބައްދަލު ކުރައްވައި ސަރުކާރަށް ހުށައެޅުންތަކެއް ހުށައަޅަން ނިންމަވައިފި

ތިން ރައީސުން ބައްދަލު ކުރައްވައި ސަރުކާރަށް ހުށައެޅުންތަކެއް ހުށައަޅަން ނިންމަވައިފި

މިބައްދަލުވުމުގައި ތިންބޭފުޅުން ވަނީ، އެކުގައި މަސައްކަތް ކުރައްވާނޭ، މައިގަނޑު ކަންތައްތަކެއް އެކުލަވާލައްވާފައެވެ. އެގޮތުން އެންމެ މުހިއްމު ކަމަކަށް މަޝްވަރާކުރައްވާފައި ވަނީ މީޑިއާގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން އަނބުރާ ހޯދުމަށެވެ. މިގޮތުން ތިން ރައީސުން އެއްބަސްވި ކަންކަމާއި ގުޅޭ ގުޅިފައިވާ ބަޔާން މިރޭ އާއްމު ކުރައްވާނެ ކަމުގައިވެސް ތިން ރައީސުން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާ
ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ރައީސް މުޢިއްޒު ޒިޔާރާތްކުރައްވައިފި

ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ރައީސް މުޢިއްޒު ޒިޔާރާތްކުރައްވައިފި

ދައުލަތުގެ މީޑިއާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކުން ފެންނަ ގޮތުގައި ރައީސް މުޢިއްޒު ވަނީ އެ ސަރަހައްދަށް ޒިޔާރާތްކޮށް، ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވާ ސަރަހައްދު މުގާރިބުކުރައްވާފައެވެ.

އިތުރަށް ކިޔާ
އިޓަލީ ވިލާތުގެ އެކަކު ނިޔާވެ، 4 ފަތުރުވެރިން ގެއްލުނު ހާދިސާއާ ގުޅިގެން އެ ގައުމުގެ ރައީސްއާއި ރައްޔިތުންނަށް ރައީސް މުޢިއްޒު ތަޢުޒިއްޔާ ވިދާޅުވެއްޖެ

އިޓަލީ ވިލާތުގެ އެކަކު ނިޔާވެ، 4 ފަތުރުވެރިން ގެއްލުނު ހާދިސާއާ ގުޅިގެން އެ ގައުމުގެ ރައީސްއާއި ރައްޔިތުންނަށް ރައީސް މުޢިއްޒު ތަޢުޒިއްޔާ ވިދާޅުވެއްޖެ

ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވަނީ މި ހާދިސާއާ ގުޅިގެން ފުން ހިތާމައެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ނިޔާވި މީހާއާއި ގެއްލިގެން ހޯދަމުންދާ މީހުންގެ އާއިލާތަކާއި ހެޔޮ އެދޭ ފަރާތްތަކަށް، ހެޔޮ ދުއާކުރައްވާކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާ
ގެއްލުނު ފަތުރުވެރިން ހޯދަން ހިންގާ އޮޕަރޭޝަންގެ މައުލޫމާތު ދޭނީ ރައީސް އޮފީހުން: އެމްއެންޑީއެފް

ގެއްލުނު ފަތުރުވެރިން ހޯދަން ހިންގާ އޮޕަރޭޝަންގެ މައުލޫމާތު ދޭނީ ރައީސް އޮފީހުން: އެމްއެންޑީއެފް

އެމްއެންޑީއެފުން މިހެން ވިދާޅުވީ، ގެއްލުނު ފަތުރުވެރިން ހޯދުމަށް ކުރިޔަށް ގެންދާ އެ އޮޕަރޭޝަނުގެ އަދާހަމަ މައުލޫމާތު ހޯދުމަށް، ނޫސްވެރިން އެމްއެންޑީއެފާއި ސުވާލުކުރަން ފެށުމުން، މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައެވެ،

އިތުރަށް ކިޔާ
ގެއްލުނު ޑައިވަރުންގެ ތެރޭގައި  ޕްރޮފެސަރަކާއި އޭނާގެ އަންހެން ދަރިފުޅު ހިމެނޭ

ގެއްލުނު ޑައިވަރުންގެ ތެރޭގައި ޕްރޮފެސަރަކާއި އޭނާގެ އަންހެން ދަރިފުޅު ހިމެނޭ

އިޓަލީގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދުގެ ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި، ޔުނިވަސިޓީ އޮފް ގެނޯވާގެ ޕްރޮފެސަރ އަދި މެރިން ބަޔޮލޮޖިސްޓް މޮނިކާ މޮންޓެފެލްކޯން )51އ( އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮއްމަކަލް )20އ( ހިމެނެއެވެ. ދެން އެމީހުންނާއި އެކު އެޑައިވްފައި ބައިވެރިވި އަނެއް ތިން މީހުންނަކީ، މޮނިކާ އާއި އެކު ޔުނިވަސިޓީގައި މަސައްކަތް ކުރި މުވައްޒަަފުން ކަމުގައިވެސް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައެވެ.

އިތުރަށް ކިޔާ