Quba
Category

ރާއްޖެ

ޗެއާޕަރސަންގެ އިންތިޚާބުގައި ވާދަކުރާ މީހުންގެ ނަންތައް ހާމަކޮށްފި

ޗެއާޕަރސަންގެ އިންތިޚާބުގައި ވާދަކުރާ މީހުންގެ ނަންތައް ހާމަކޮށްފި

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ޗެއަރޕަރސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ހުޅުވާލި ފުރުޞަތުގައި 3 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ތެރޭގައި އެންމެ މަޤުބޫލު މީހުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅަކާއި، އާއްމު މެމްބަރުންގެ ތެރެއިން ބޭފުޅެކެވެ.

އިތުރަށް ކިޔާ
ދައުރު ދެބައި ވިއިރު، މީޑިއާ ވިލެޖެއް ނުނިމުނު

ދައުރު ދެބައި ވިއިރު، މީޑިއާ ވިލެޖެއް ނުނިމުނު

މީޑިއާ ވިލެޖުގެ މަސައްކަތް ނިމި ދާދިއަވަށް އެތަން ހުޅުވޭނެ ކަމުގައި ރައީސް ވިދާޅުވި އިރު، ވެރިކަމަށް ހޮވިވަޑައިގެން ބޭއްވި ނޫސްވެރިންގެ ގުންޒަރުގައިވެސް އެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި މި އޮންނަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް: ރައީސް

ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި މި އޮންނަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އިންސާނީ ޙައްޤުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި އަދި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައިވަނީވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު، ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙަޤީޤަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމު ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

އިތުރަށް ކިޔާ
ޖަލަށް ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ކައްޓާތަކެއް ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޖަލަށް ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ކައްޓާތަކެއް ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކޮށް ހައްޔަރުކޮށްފައި ވަނީ، އިއްޔެ މާފުށީ ޖަލުގެ ގޭޓުކައިރިން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިިން ވިދާޅުވީ، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

އިތުރަށް ކިޔާ
މިސަރުކާރަށް މިވީ މުއްދަތުގައި 23000 މީހުންނަށް އަލަށް ވަޒީފާ ލިބިފައިވާ ކަމުގައި ރައީސްވިދާޅުވެއްޖެ

މިސަރުކާރަށް މިވީ މުއްދަތުގައި 23000 މީހުންނަށް އަލަށް ވަޒީފާ ލިބިފައިވާ ކަމުގައި ރައީސްވިދާޅުވެއްޖެ

މިސަރުކާރުން ސަރުކާރުގެ ކުންފުނިތަކާއި ސިޔާސީ މަޤާމުތަކަށް ޢައްޔަނުކޮށްފައިވާ މުވައްޒަފުންގެ އަދަދުތައް ހާމަނުކުރި ނަމަވެސް އަލަށް 23000ވުރެ ގިނަ ވަޒީފާ އުފައްދާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން، އެވަޒީފާތަކުގެ ބޮޑު އިންސައްތައަކީ، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ނަގާފައިވާ މުވައްޒަފުންކަން އަންދާޒާކުރެވެއެވެ. މިސަރުކާރު އައިފަހުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ކުރަމުން އައި ހޭދަ އެތައް ގުނައެއް އިތުރުވެެގެން ދިޔުމަކީ ކުންފުނިތަކަށް އެތައްހާސް މުވައްޒަފުންނެއް ނަގާފައިވާކަން ހާމަވާ ކަމެއް ކަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެފައި ވެއެވެ.

އިތުރަށް ކިޔާ
ދިވެހިން ހަށިފޮޅައިލައި ޢަމަލީ މައިދާނަށް ނުކުންނަން ރައީސް ގޮވާލައްވައިފި

ދިވެހިން ހަށިފޮޅައިލައި ޢަމަލީ މައިދާނަށް ނުކުންނަން ރައީސް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ކާބަފައިން ބިނާކުރި ދިވެހިވަންތަ ޙަޟާރަތުގައި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި މުރާލިކަމުގެ އެތައް ހާސް ނަމޫނާއެއް ފެންނާން އެބަހުރި ކަމަށެވެ. އަދި ޒަމާނުގެ އޮއިވަރަށް މިއައި ބަދަލުތަކާއި، ދަރުތުފަތުރާއި މުވާޞަލާތު މިދެކޭ ހަލުވި ގުޅުންތަކާއެކު، އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިޤްތިޞާދެއްގެވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދެމެހެއްޓުމަށް މުހިންމު ރުކުނެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

އިތުރަށް ކިޔާ
ސިޔާސީ މުވައްޒަފުންގެ އަދަދު ވިދާޅުވާކަށް ތަރުޖަމާނަކަށްވެސް ކެރިވަޑައެއް ނުގަތް

ސިޔާސީ މުވައްޒަފުންގެ އަދަދު ވިދާޅުވާކަށް ތަރުޖަމާނަކަށްވެސް ކެރިވަޑައެއް ނުގަތް

މިސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބު ނުދީ އެތައް ވާހަކައެއް ދެއްކެވުމާއިއެކު، ސިޔާސީ މުވައްޒަފުންގެ އަދަދު 700 ގައި ހިފެހެއްޓުމަކީ ރިޔާސީ ވަޢުދެއް ނޫންކަމުގައިވެސް މުންދު ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ޕީސީބީގެ ރައީސަކަށް ނިޒާރު ޢައްޔަނުކުރައްވައިފި

ޕީސީބީގެ ރައީސަކަށް ނިޒާރު ޢައްޔަނުކުރައްވައިފި

މިއީ، ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖުރިބާ ހާސިލުކުރައްވާފައިވާ މުޙައްމަދު ނިޒާރު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރެއްވި ދެވަނަ ފަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ. ރައީސް ޔާމީނުގެ ދައުރުގައި ޕީސީބީގެ ރައީސަކަށް ޢައްޔަނުކުރެއްވި، ނިޒާރު 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެ ބޯޑުގެ ރައީސްގެ މަގާމުގަ ފުރުއްވާފައި ވެއެވެ.

އިތުރަށް ކިޔާ
ބައި އިލެކްޝަންގައި ވާދަ ނުކުރެއްވުމަށް ޝިނާން ނިންމަވައިފި

ބައި އިލެކްޝަންގައި ވާދަ ނުކުރެއްވުމަށް ޝިނާން ނިންމަވައިފި

ޝިނާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޕްރައިމަރީ ކާމިޔާބުކޮށް އޭނާއަށް ޕާޓީގެ ޓިކެޓް ލިބުނު ނަމަވެސް، އެޓިކެޓް ދޫކޮށްލެއްވުމަށް ނިންމެވީ، މިދިޔަ 3 ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީކަމަށެވެ.

އިތުރަށް ކިޔާ
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފޭދޫ ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފި

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފޭދޫ ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފި

އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު މިއަދު 08:20 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.

އިތުރަށް ކިޔާ
ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާޙް މައްސަލަ ސްޕްރީމްކޯޓަށް ބެލޭނަކަމަށް ކަނޑައަޅައިފި

ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާޙް މައްސަލަ ސްޕްރީމްކޯޓަށް ބެލޭނަކަމަށް ކަނޑައަޅައިފި

އެމައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ވަކިކޮށްފިނަމަ، ގޮނޑި ގެއްލޭ ގޮތަށް، ޤާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާޙަކީ ބާޠިލް އިސްލާޙެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު، ޢަލީ ޙުސައިން ހުށައަޅުއްވާފައިވާ މައްސަލައެކެވެ.

އިތުރަށް ކިޔާ
މޫސުމް އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ޔެލޯއެލާޓަށް ބަދަލުކޮށްފި

މޫސުމް އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ޔެލޯއެލާޓަށް ބަދަލުކޮށްފި

މާލެ ސަރަހައްދަށް ވިދައި ވަރަށް ބާރަށް ގުގުރަމުންދާއިރު، 12 ޖެހުމާއި ގާތްވެފައި ވަނިކޮށް ޖެހި ހޮނުގުގުރިއެއްގައި، ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓްވެސް ކެނޑުނެވެ. މީގެ އިތުރުން ގުގުރީގެ އަޑާއިއެކު މަގުމަތީގައި ހުންނަ ސައިކަލްތަކަށް ލޮޅުން އަރައި، ސައިކަލްތަކުންވެސް އެލާމްއަޅަމުންދާ މަންޒަރު ވަނީ ފެނިފައެވެ.

އިތުރަށް ކިޔާ
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ، މިރޭގެ 23:00 އިން ފެށިގެން ފަތިހު 5:00އަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ، ޅ އަތޮޅުންފެށިގެން އައްޑުއަތޮޅާއި ދެމެދުގެ ހުރިހާ އަތޮޅަކަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވެހުމާއި އެކު ވިދައި ގުގުރާނެ ކަމަށެވެ.

އިތުރަށް ކިޔާ
ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ހަރަކާތްތައް ހިންގާކަމަށް ފާހަގަކުރެވޭ ބުނެ އީސީން އިކޮޅުޕާޓީތަކަށް ސިޓީ ފޮނުވައިފި

ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ހަރަކާތްތައް ހިންގާކަމަށް ފާހަގަކުރެވޭ ބުނެ އީސީން އިކޮޅުޕާޓީތަކަށް ސިޓީ ފޮނުވައިފި

އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ވަނީ، ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް ޕާޓީތަކަށް އަންގާފައެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ފޮނުވި ސިޓީގައި، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ބަޔާންކޮށް، އެ ދެޕާޓީން މިދުވަސްވަރު ހިންގަމުންދާ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ވަނީ އަންގާފައެވެ.

އިތުރަށް ކިޔާ
އަދަދު ނޫހުގެ އޮފީހަށް ފުލުހުންވަތް ވާހަކަ އާއެކު ރައީސަށް ކުރެވޭ ތުހުމަތުގެ ވާހަކަ ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސުރުޚީއަށް

އަދަދު ނޫހުގެ އޮފީހަށް ފުލުހުންވަތް ވާހަކަ އާއެކު ރައީސަށް ކުރެވޭ ތުހުމަތުގެ ވާހަކަ ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސުރުޚީއަށް

ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި، ފުލުހުން އަދަދު ނޫހުގެ އޮފީހަށްވަދެ ބަލައި ފާސްކޮށް، އެ ނޫހުގެ ކޮމްޕިޓަރުތަކާއި ލެޕްޓޮޕްތަކުގެ ހާޑުޑިސްކުތައް ނަގައިގެން ގެންގޮސްފައި ވަނީ، އަދަދު ނޫހުން މާރިޗުމަހުގެ 28 ވަނަ ދުވަހު، ޝާއިޢުކުރި، ޑޮކިއުމެންޓްރީ "އައިޝާ" އާއި ގުޅިގެން ފުލުހުން ހިންގާ ތަޙްޤީޤަށެވެ.

އިތުރަށް ކިޔާ
މޭޔަރ އާޒިމަށް ހަމަލާދިން މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

މޭޔަރ އާޒިމަށް ހަމަލާދިން މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ގ. އީރީ / މާލެ، ޢަބްދުﷲ މުޢާޒް)35އ( ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުދީފައިވާ ކަމަށެވެ.

އިތުރަށް ކިޔާ
ފޯކައިދޫ ޕޮލިސް އިންޗާޖުގެ ސައިކަލުގައި އަލިފާންޖަހައި އަންދާލައިފި

ފޯކައިދޫ ޕޮލިސް އިންޗާޖުގެ ސައިކަލުގައި އަލިފާންޖަހައި އަންދާލައިފި

އެސައިކަލުގައި ބަޔަކު ނުވަތަ މީހަކު ގަސްތުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމުގައި އެރަށުގެ ބައެއް މީހުން ބުނެފައި ވެއެވެ. އަދި އެކަމާއި ގުޅިގެން އެމައްސަލަ ބަލައި ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށްވެސް އެރަށުގެ އާއްމު ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާ
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ފުރުން މަނާކޮށްފި

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ފުރުން މަނާކޮށްފި

ކްރިމިނަލް ކޯޓުން ފިޔާޒުގެ ފުރުން މަނާކޮށްފައި ވަނީ، މާރިޗު މަހުގެ 28 ވަނަ ދުވަހު، އޮންލައިން ނޫސް އަދަދުން ގެނެސްދީފައިވާ އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައިގެ ތަޙްޤީޤާއި ގުޅިގެންނެވެ. އަދި ކުރިމިނަލްކޯޓުން އެއަމުރު ނެރެދީފައި ވަނީ، ފިޔާޒު ރާއްޖެއިން ފުރައިގެން ދާން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމަތު ލިބިފައިވާކަމަށް ފުލުހުން ކޯޓަށް މައުލޫމާތު ދީފައި ވާތީއެވެ.

އިތުރަށް ކިޔާ