މިފްކޯއިން މަސްދަޅު ކޭސް ވިއްކާ އަގަށް ގެނައި ބަދަލު އަނބުރާ ގެންގޮސް ކުރީގެ އަގަށް ބަދަލުކޮށްފި
މިފްކޯއިން ވިދާޅުވީ، އެކުންފުނިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާަޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް މިހާރު ވަނީ ނިންމާފައި ކަމަށެވެ. އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ގަންނަން ލިބޭނެ ކަމަށެވެ.
އިތުރަށް ކިޔާ