އެސްޓީއޯއިން ވިއްކާ ތެލުގެ އަގުބޮޑުކޮށްފި
އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނެސްފައި މިވަނީ، މިހާރު މެދުއިރުމަތީގައި ކުރިޔަށްދާ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައެވެ.
އިތުރަށް ކިޔާ
އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނެސްފައި މިވަނީ، މިހާރު މެދުއިރުމަތީގައި ކުރިޔަށްދާ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައެވެ.
އިތުރަށް ކިޔާ
އެމްޓީސީސީން ވިދާޅުވީ، ނިލަންދެއަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ފަހުގައި، އަޖުމަބެލުމުގެ ގޮތުން ކަސްޓަމަރުންނަށް 1 ހަފްތާ ވަންދެން ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިދީފައި އޮތް މުއްދަތު މާދަމާގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އެހެންކަމުން 25 ފެބުރުއަރީ 2025ވާ ބުދަ ދުވަހުން ފެށިގެން، ފ އަތޮޅާއި ދ އަތޮޅުގައި ދެމުން އަންނަ އާރްޓީއެލް ފެރީގެ ޚިދުމަތް ހޯދުމަށް ޓިކެޓް ނަގަން ޖެހޭނެ ކަމުގައި އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
އިތުރަށް ކިޔާ
މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި އެއަރ އިންޑިއާގެ ފްލައިޓަށް ވަނީ ވޯޓަރ ސަލިއުޓެއް އަރުވައި ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ފްލައިޓުން މިއަދު ޖުމްލަ 139 ފަސިންޖަރުން ރާއްޖެ އައިސްފައި ވެއެވެ. މި ފްލައިޓުން ރާއްޖެ އައި ހުރިހާ ފަސިންޖަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ފިނިފެންމަލާއި ކުކީޒް ހަދިޔާކޮށްފައިވާ ކަމުގައިވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
އިތުރަށް ކިޔާ
އެކަމާއި ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ، ީއައިއޭގެ އިންޓަރނޭޝަނަލް ފަސިންޖަރުންނެކޭ އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ޕީކް ސީޒަންތަކުގައި ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ވަރަށް ބޮޑަށް ތޮއްޖެހިގެންދާ ކަމަށެވެ.
އިތުރަށް ކިޔާ
ހޭންޑީއިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، ޖަރާސީމުގެ އަސަރު ހުރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ )އެމްއެފްޑީއޭ( ގެ ޓެސްޓުތަކުން ދެއްކި ބެޗުގެ ފެންފުޅިތައް މިހާރު ވަނީ މާކެޓުން ނަގައި އަނބުރާ ގެނެސްފައި ކަމަށެވެ. އަދި އެމައްސަލަ ދިމާވި ސަބަބު ބަލައި ދެނެގަނެ، އެފަދަ މައްސަލައެއް އިތުރަށް ތަކުރާރު ނުވާނޭ ގޮތަށް ފިޔަވަޅު އަޅާފައިވާ ކަމުގައިވެސް ހޭންޑީން ވަނީ ބުނެފައެވެ.
އިތުރަށް ކިޔާ
އެބަނދަރު ބަލަހައްޓަމުން އަންނަ، އެމްޕީއެލްއިން ވިދާޅުވީ، މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑި ފަހަރަށް ނޯތު ހާބަރު ހުޅުވާލާފައި ވަނީ، ރޭގެ 23:00 އިން ފެށިގެން ކަމަށެވެ.
އިތުރަށް ކިޔާ
ރޭ ފިހާރަ ހުޅުވި ނަމަވެސް މިއަދު މެންދުރު ގިނަ ބަޔަކު އެފިހާރައަށް ދިޔައިރު ފިހާރަ ބަންދުކޮށްފައި ހުރުމުން އެކަމުގެ ކަންބޮޑުވުންތައް އާއްމުން ވަނީ ފާޅުކޮށްފައެވެ. އޭގެ މައިގަނޑު ސަބަބަކަށްވީ ފިހާރަ ހުޅުވާފައި ހުންނަ ގަޑިތައް އާއްމުކޮށްފައި ނެތުމެވެ.
އިތުރަށް ކިޔާ
އެފެން ވިއްކުން މަނާކޮށް މިއަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ 330 އެމްއެލް، 500 އެމްއެލް އަދި އެއް ލީޓަރުގެ ބިއްލޫރި ފެންފުޅިތަކުން، ފެނުގައި ހުރެގެން ނުވާނެ ޖަރާސީމުގެ އަސަރު ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެފެނަކީ، ދުނިޔޭގެ ސިއްޙަތުޖަމިއްޔާއިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫންކަމުގައިވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
އިތުރަށް ކިޔާ
ހައިރައިސްއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އެޓޯލް ބިޒްނަސް އެކްސްޕޯގެ މަޤުޞަދަކީ، ރާއްޖޭގެ އަތޮޅުތެރޭގެ ވިޔަފާރިތަކާއި ބޮޑެތި ކުންފުނިތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އައު ފުރުޞަތުތައް ފަހިކޮށްދިނުމެވެ. އަތޮޅުތަކަށް އަމާޒުކޮށްގެން ބާއްވާ މި އެކްސްޕޯ ބ އަތޮޅުގައި ބޭއްވުމުގެ މަޤްޞަދަކީ ބ. އަތޮޅުގެ ރަށު ފެންވަރުގެ ވިޔަފާރިތަކާއި، ރާއްޖޭގެ ބޮޑެތި ބްރޭންޑްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން ސީދާ ގޮތެއްގައި ގުޅުވައިދީ، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރުމެވެ.
އިތުރަށް ކިޔާ
މި ކްރޫޒްލައިނާ މިއަދު މާލެއަށް ބަނދަރުުކުރުމަށް ފަހު، އެއަުޅަނދުގެ ފުރަތަމަ ދަތުރު ފާހަގަކުރުމަށް ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކާއި އެކު އެ ކްރީޒް ޝިޕްގައި ވަނީ ޚާއްޞަ ހަފްލާއެއް ބާއްވާފައެވެ. " ކްއީން އޭން"އަށް އިމިގްރޭޝަނާއި، އެމްޕީއެލްއިން ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.
އިތުރަށް ކިޔާ
ގެސްޓްހައުސް ފައިނޭންސިންގ އަކީ މަދުވެގެން 6 ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތްކުރުމަށާއި، މިހާރުވެސް ހިނގަމުންދާ ގެސްޓްހައުސް ތަރައްގީކުރުމަށާއި، ކޮޓަރި އިތުރުކުރުމަށާއި، އިތުރު ސަޕޯޓް ސާވިސްތައް ގާއިމުކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓީއެއް ކަމުގައި ބީއެމްއެލްއިން ހާމަކުރައްވާފައި ވެއެވެ.
އިތުރަށް ކިޔާ
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުމުގެ ގޮތުން އެ އެއާލައިނުން އިއްޔެ ރާއްޖެ އައި ފުރަތަމަ މަތިންދާބޯޓު، އެޗްބީ2500 އަށް ވެލާނާ އެއާޕޯޓުން ވޯޓާ ސެލިއުޓެއް އެރުވިކަމަށެވެ. އަދި އެ އެއާލައިނުން ރާއްޖެ އައި 174 ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމުގައިވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
އިތުރަށް ކިޔާ
އެމްޕީއެލްއިން އެކަމާއި ގުޅޭ ގޮތުން އާއްމުކޮށްފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކެއް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން އެމްޕީއެލްއިން މިހާތަނަށް ދެމުން އައި ޚިދުމަތްތައް އަލަށް އުފެއްދި ކުންފުނީގެ ދަށަށް ބަދަލުކޮށްފައި ވާކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އިތުރަށް ކިޔާ
އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހުސްވި ޖެނުއަރީމަހު ރާއްޖެއަށް ވަނީ، 224،788 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ ހުސްވި ޑިސެމްބަރުމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށްވުރެ 333 ފަތުރުވެރިން އިތުރު އަދަދެކެވެ. އެހެންކަމުން ޖެނުއަރީ މަހުގައި ފަތުރުވެރިން ރާއްޖެއައި އަދަދަކީ އައި ރެކޯޑެކެވެ.
އިތުރަށް ކިޔާ
އެބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ހޮނިހޮރު ދުވަހު އެކުންފުނިން ހުޅުވާލި މި ޚިދުމަތަކީ، ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ، %100 ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބޭ ފުރުސަތެކެވެ.
އިތުރަށް ކިޔާ
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް އިމާރާތްކޮށްފައިވާ އިމާރާތުގައި އަލުން އެކުންފުނީގެ ބުރާންޗު ހުޅުވުމާއެކު ކުޑަހުވަދޫގައި މިހާރު ހުރި ބްރާންޗްގެ މަސައްކަތްތައް އާ އިމާރާތަށް ބަދަލުކުރެވުގެންދާނެ އެވެ. އެކަމުގެ ސަބަބުން ކުޑަހުވަދޫއާއި ކައިރި ރަށްތަކުގެ އިތުރުވަމުންދާ ބޭންކިންގް ބޭނުންތަކަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެކަމުގައިވެސް ބީއެމްއެލްއިން ހާމަކޮށްފައި ވެއެވެ.
އިތުރަށް ކިޔާ
މިފްކޯއިން ކަންނެލި ގަންނަން ފަށާފައި ވަނީ އިއްޔެއިން ފެށިގެންނެވެ. މިގޮތުން މިފްކޯއިން ކަންނެލި ގަންނަން ފަށާފައި ވަނީ، 10 ކިލޯ އާއި 15 ކިލޯ އާއި ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 25ރ އަށެވެ. މިގޮތުން މިފްކޯއިން ހިންގަމުން އަންނަ ފެލިވަރަށާއި ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިހާރުދަނީ ކަންނެލި ގަންނަމުންނެވެ.
އިތުރަށް ކިޔާ
ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ޗައިނާގެ ދެ ކުންފުންޏަކާއެވެ. އެއީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް )ބީޔޫސީޖީ( އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން )ސީއެމްއީސީ( އެވެ. މިދެ ކުންފުންޏަކީ މިހާރުވެސް ރާއްޖޭގައި އުމުރާނީ ތަރައްޤީގެ މަސައްކަތްތައް ކުރަމުން އަންނަ ދެ ކުންފުންޏެވެ.
އިތުރަށް ކިޔާ
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ވަނީ ނިންމާފައި ކަމަށެވެ. މިގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު އިތުރު ފިޔަވަޅުތަކެއްވެސް ތަންފީޒު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ކިޔާ
އެމްްއޭސީއެލްއިން ވިދާޅުވީ، މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހަކީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަހަށް ވެގެންދާނެ ކަމަށެވެ. މިގޮތުން މިއަދު ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން 22،142 ފަސިންޖަރުންނަށް ހިދުމަތް ދޭއިރު، ޑޮމެސްޓިކް ޓާމިނަލުންވެސް މިއަދު ޖުމުލަ 4،843 ފަސިންޖަރުންނަށް ހިދުމަތް ދޭނެކަމުގައި އެކުންފުނިން ހާމަކުރައްވާފައި ވެއެވެ.
އިތުރަށް ކިޔާ